ވައިގެ މަގުން އެތެރެކުރި 800 ވޭޕް އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރި 800 ވޭޕް އަތުލައިގެންފި

Author
އަހުމަދު
06 އޮގަސްޓް 2026 08:53
0

 

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގަނެފައެވެ.

ކަސްޓަމްސް އިން ސޯޝަލް މީޑިއާގައި ބުނިގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ހޯމަ ދުވަހުއެވެ.

ދުންފަތުގެ ބާވަތްތައް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، 15 ނޮވެންބަރު 2024 އިން ފެށިގެން ވޭޕާއި އޭގެ ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާވާނެއެވެ.

މި ގާނޫނުގައިވާ ގޮތުން، މަނާކޮށްފައިވާ ވޭޕް ޑިވައިސްއެއް ގެންގުޅުމުގެ ޖޫރިމަނާއަކީ 2,000 ރުފިޔާއެވެ. އަދި މިފަދަ ތަކެތި ފުލުހުންނާ ހަވާލުކުރަން ދެކޮޅު ހަދައިފިނަމަ 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.

މީގެ އިތުރުން، ވޭޕް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން، ހިލޭ ވޭޕް ފޯރުކޮށްދޭ ފަރާތްތައް 10,000 ރުފިޔާއިން، އަދި ވޭޕް ވިއްކާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. 21 އަހަރުން ދަށުގެ ކުދިންނަށް ވޭޕް ވިއްކާ ފަރާތްތައް 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.