ގއ. ކޫއްޑޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މިޒުވާނާ ނިޔާ ވެފައިވަނީ މިއަދު ހަވީރު ކޫއްޑޫގައި ފުޓުބޯޅަ ކުޅެން ހުއްޓައި ވެއްޓިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހަވީރު17:30 ކަން ހާއިރުގައެވެ.
ނިޔާވެފައިވަނީ ގއ.މާމެންދޫ ޒުވާނެއްކެވެ. އޭނާއަކީ ގއ. ކޫއްޑޫގެ ޖެޓީ ސުޕާވައިޒަރެވެ. އޭނާ ވެއްޓިގެން ނޭވާ ނުލެވޭތީ ވަގުތުން ގއ.ވިލިގިއްޔަށްވަނީ އަވަސް ފަރުވާއަށް ގެންގޮސްފައެވެ. ނަމަވެސް ފަރުވާއަށް ގެންދިޔަ އިރުވެސް އޭނާ ނޭވާ ނުލަކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ބެލި ޑޮކްޓަރުން ބުނެފައިވަނީ ގެނައި އިރުވެސް އޮތީ ނިޔާވެފައިކަމަށެވެ.
މިގޮތަށް ނިޔާވާ މީހުން މިދުވަސްވަރު ކޯވިޑަށް ޓެސްޓު ކުރަމުންދާނީ މިޒުވާނާވެސް ކޯވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ