ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބު އަންނަ މަހު 7 ގައި

ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބު އަންނަ މަހު 7 ގައި

Author
އިބްރާހީމް ސާޢިދު
12 އޮކްޓޯބަރ 2020 08:07
0

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިންތިޚާބު އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އިންތިޚާބާއި ގުޅޭގޮތުން ޓީއޭއެމް އިން ބުނެފައިވަނީ ހިންގާ ގަވާއިދު 19 މާއްދާގައިވާ ގޮތުގެ މަތިން އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބު 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރަން އެދޭ މެންބަރުންނަށް ފުރުޞަތު ހުޅުވާލާ އެކަން އާންމުކޮށް އަންގާ މިހާރު ވަނީ އިއުލާނުކޮށްފައެވެ.

އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށައަޅާ ފޯމާއި، ފޯމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުން ފުރިހަމަ ކުރުމަށްފަހު 22 އޮކްޓޯބަރ ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އިންތިޚާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން ފަހުން އިޢުލާނު ކުރާނެކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.