ލ. ގަމުން ގެއްލިގެން ހޯދަމުންދިޔަ 20 އަހަރުގެ ޒުވާނާ ފެނިއްޖެއެވެ.
ފެނިފައިވަނީ ގަމު ތުނޑީ އަވަށު، ކުރިބޯށިގެ، އަމްޖާޒު އަލީއެވެ. އޭނާގެ ހަބަރެއް ނުވެގެން ހޯދަން ފެށީ ރޭ ދަންވަރު 12 ޖެހި ފަހުންނެވެ.
ފުލުހުން ފެށި ހޯދުމުގެ މަސައްކަތުގެ ތެރެއިން، އަމްޖާޒު ދުއްވި ސައިކަލު ފެނިފައިވަނީ ގަމު ރިވެރީޒް ބީޗް ސަރަހައްދުންނެވެ. ފުލުހުން އޭނާ ހޯދުމަށް ރަސްމީކޮށް އިއުލާނުކުރީ މިއަދުއެވެ.
ގަމު ކައުންސިލުން ފޭސްބުކް މެދުވެރިކޮށް ބުނީ އަމްޖާޒު މިހާރު ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ