ކުދި އާބާދީތަކުގައި ކޯވިޑުގެ އިންތިޒާމު ޤާއިމްކޮށް، އަވަސް ފިޔަވަޅު އެޅުމަށް އިދިކޮޅުން ގޮވާލައިފި

ކުދި އާބާދީތަކުގައި ކޯވިޑުގެ އިންތިޒާމު ޤާއިމްކޮށް، އަވަސް ފިޔަވަޅު އެޅުމަށް އިދިކޮޅުން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
16 ޖެނުއަރީ 2021 12:37
0

ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުއްވުން އަވަސް ކުރެއްވުމަށާއި އަދި އެތަންތާގައިވެސް ކޯވިޑް އަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އަވަހަށް ޤާއިމުކޮށްދެއްވުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފިއެވެ.

ރާއްޖޭގައި ޚާއްސަކޮށް މާލޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ކޯވިޑް 19 މާލެއިން ވަރަށް ބޮޑުތަނުން މަދުވެފައިވީނަމަވެސް އެވައިރަހުގެ އަސަރު ރާއްޖޭގެ އެހެނިހެން ރަށްރަށުން ފެންނަމުން ދާއިރު އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުގެ ފަރާތުން އަޅަމުން ނުދާތީ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް 19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނަމުން ގެންދާއިރު، ރާއްޖޭގެ ކުދި އާބާދީތަކުން ކޯވިޑް 19 ފެނި ކޮންޓްރޯލް ނުވެ ދިއުމަކީ ދިވެހި ރައްޔިތުންގެ ހިތުގައި އެބަލި ރާއްޖޭގައި އިތުރަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ބޮޑުވެ ކަންބޮޑުވުން އިންތިހާއަށް އިތުރުވަމުންދާ މައްސަލައެއް ކަމަށެވެ.

ކުދި އާބާދީތަކުގައިވެސް ކޯވިޑްގެ އަސަރެއް ކިތަންމެ ކުޑަކޮށް ފެނުނުނަމަވެސް، އެތަނެއްގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުއްވުން އަވަސް ކުރެއްވުމަށާއި އަދި އެތަންތާގައިވެސް ކޯވިޑް އަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އަވަހަށް ޤާއިމުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަން.

އެގޮތުން ގއ. ދެއްވަދޫއިން ކޯވިޑްގެ އަސަރު ފެނި، އެރަށުގައި އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާއިރު އެރަށުގެ ރައްޔިތުން މިވަގުތު ތިބީ ވަރަށް ބޮޑު ބިރުވެރިކަމަކާއި ހާސްކަމެއްގެ ތެރޭގައިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެރަށުން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހަކު ފެނި މިދިޔަ ދުވަސްތަކުގެ ތެރޭގައި، މިހާތަނަށް އެ ކުޑަ އާބާދީގެ 62 މީހަކު ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފއިވާކަން އިދިކޮޅުން ވަނީ ކަންބޮޑުވުމާއިއެކު ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް އެހެން ރަށްރަށުންވެސް ކޯވިޑް 19ގެ ބަލިމަޑުކަން މަދުން ނަމަވެސް ފެންނަމުންދާތީ އަވަސް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

އިދިކޮޅު ބަޔާނުގައި ވަނީ ރާއްޖެގެ ރަށްތަކާއި މާލެއިން ކޯވިޑް 19 އަށް ޕޮޒިޓިވްވާ އަދި އެބައްޔަށް ފަރުވާ ހޯދަމުން ގެންދާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާ ކޮށް، އެފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތަކަށާއި ރަށްރަށުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރުކުރުމަށް ދުޢާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.