ބޮލީވުޑްގެ ރަސްގެފާނު ސަލްމާން ޚާންގެ އެކްޓިންގ އާއި ނެށުމާއި ޝޯވ ހުށަހެޅުމުގެ ހުނަރުތަކަށް ވަނީ އެތަށް ފޭނުންގެ ތަރުހީބު ލިބިފައެވެ. އެގޮތުން ސަލްމާން ވަނީ އޭނާގެ ހުރި ކެއްކުމުގެ ހުނަރުވެސް ފޭނުންނަށް ދައްކާލާފައެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެނިގެންދަނީ ސަލްމާން އޭނާގެ ކެއްކުމުގެ ހުނަރުތައް ދައްކާލުމަށް "ރޯ އޮނިޔަން ޕިކަލްސް" ނުވަތަ ފިޔާ އަސާރަ ތައްޔާރުކުރާތަނެވެ.
ކުޅަދާނަ އަންހެން ތަރި އަދި ސިޔާސީ ލީޑަރ ބީނާ ކަކް ހިއްސާކޮށްފައިވާ މި ވީޑިއޯގައި ލިޔެފައިވަނީ ހުނަރުވެރި ސަލްމާން ޚާން އޭނާގެ އާއިލާ މީހުނަށް އެންމެ ކަމުދާ އޮނިޔަން ޕިކަލްސް ތައްޔާރުކުރަނީ ކަމަށެވެ. އަދި މި ތައްޔާރުކުރުމަށް ބޭނުންވަނީ ކޮށާފައި ހުރި ފިޔާ އާއި 1 ސައިސަމްސާ ފެނެލް ސީޑްސް އާއި 1 ސައިސަމްސާ ލޮނާއި ތެޔޮކަމަށާއި އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮށް ފުޅިއަކަށް އަޅާފައި ހަލުވާލުމުން "ރޯ އޮނިޔަން ޕިކަލްސް" ތައްޔާރުކުރެވުނީ ކަމަށެވެ.
ސަލްމާންގެ މަސައްކަތް ތަކަށް ބަލާލާއިރު "ކިކް-2″ އާއި "ކަބީ އީދް ކަބީ ދިވާލީ"ގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "އަންތިމް"ގެ މަަސައްކަތްތައް ކުރިއަށްދާއިރި "ރާދޭ" މިހާރު އޮތީ ހުރިހާ މަސައްކަތެއް ނިމި ހަމައެކަނި ސިނަމާގައި އަޅުވަން ތައްޔާރުވެފައެވެ.