އަންނަ ދިރާސީ އަހަރު ސްކޫލުން ޖާގަ ހޯދަން އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ ދިރާސީ އަހަރު ސްކޫލުން ޖާގަ ހޯދަން އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
23 ޖުލައި 2026 09:49
0

2027 ވަނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އޮގަސްޓު 31، ގެ ނިޔަލަށެވެ. ޖާގަ ހޯދަން އެދި ހުށަހަޅަން ޖެހެނީ އޮންލައިން އެޕްލިކޭޝަން ފޯމަކުންނެވެ. ހުށަހަޅާ ފޯމުގެ އަދާހަމަ މިނިސްޓްރީގެ ވެބްސައިޓުން ބެލެ އެވެ.

މި އަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑް އެކަކަށް 4،000 އަށްވުރެ ގިނަ ދަރިވަރުން ވަދެފައިވާއިރު، އޭގެ ތެރެއިން 1،700 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަހައްދުގަ އެވެ. މީގެ އިތުރުން މި އަހަރު އަތޮޅުތެރެއިން މާލެ ސަރަހައްދަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އެންމެ ގިނަ، 800 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވީ ހުޅުމާލެއަށެވެ.

ރާއްޖޭގައި ޖުމްލަ 219 ސްކޫލެއްގައި މި އަހަރުގެ ދިރާސީ އަހަރު ފެށީ 77،000 އަށްވުރެ ގިނަ ދަރިވަރުންނާއި 9،000 އަށްވުރެ ގިނަ ޓީޗަރުންނާއެކުގަ އެވެ.

ސްކޫލްތައް މިވަގުތު ފުރަތަމަ ޓާމުގެ ޗުއްޓީގައި އޮތްއިރު، ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އަންނަ އޮގަސްޓު 2، ގައެވެ. ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ ޑިސެމްބަރު 17، ގެ ނިޔަލަށެވެ. ޓާމު ނިމުމުން ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18، އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 12، ގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.