ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލިޔާސް ޖަމާލުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފިއެވެ.
ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މީހާ ހަމަލާދިނީ، އުމުރުން ދުވަސްވީ މީހާގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އޭނާ މިސްކިތުން ނެރެން އުޅުމަށް ފަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވިއެވެ.
މިމައްސަލާގައި ފާޑުވިދާޅުވެ ޝައިޚު އިލިޔާސް ޖަމާލު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްލާމްދީނުގެ އެންމެ މުޤައްދަސް ބިނާގައި އަޅުކަން އަދާކުރަން އުޅުމުން ހަމަލާދީ މާރާ މާރީ ހިންގުމުން އެކަން ޓެރަރިޒަމްގެ އަމަލަކަށް ނުވާންވީ އެއްވެސް ސަބަބެއްނެތް ކަމަށެވެ. ރާއްޖޭގައި ހަރުކަށި ފިކުރާއި، ޓެރަޒަމްގެ ވާހަކަ އެންމެ ބާރަށް ދައްކަވާ މީހުންވެސް މިކަމުގައި ހަނުތިބިކަމީ ކަންބޮޑުވާކަމެއްކަމަށް ޝައިޚް އިލިޔާސް ޖަމާލު ވިދާޅުވިއެވެ.
އަޅުކަން ކުރަން މިސްކިތުގައި ތިބޭއިރު ހަމަލާ ދިނަސް ޓެރަރިޒަމް އަކަށް ނުވޭ. ނޫސްތަކުގެ ހެޑްލައިންތައް ކިޔާލީމަވެސް ހައިރާންވި. ހަރުކަށި ކަމޭ ޓެރަރިޒަމޭ ކިޔައި އަޑު އަޑުނަގާ މީހުންވެސް ހައްޕު.
– ޝައިޚް އިލިޔާސް ޖަމާލު ވިދާޅުވިއެވެ.
Alhukan kuran miskithugai thibey iru hamalaa dhinas terrorism akah nuvey. Noosthakuge headline thah kiyaaleema ves hairaanvi.
Harukashi kamey terrorism ey kiyai Adun adu nagaa meehun ves happu.— ILYAS JAMAAL VAADHUVEE (@IVaadhuvee) January 16, 2021
މިހާދިސާއާއި ގުޅިގެން ގަިނަ ބަޔަކު އެމީހާއާއިމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ކުރީގެ މެމްބަރު އިބްރާހިމް ދީދީ ވެސް ވަނީ މިހަމަލާދިން އިންޑިޔާ މީހާ ޑީޕޯޓް ކޮށް ނުލައި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި އުޅޭ އިންޑިޔާ މީހުންގެ ފަރާތުން ފަހަކަށް އައިސް ކުށްކުރުން އާންމުވެ، އެމީހުންނަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ނޭޅޭ މައްސަލާގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންޑީޔާ މީހުން ޤާނޫނީ އިމުން ބޭރުން ކުރާ ކަންކަމުގައިވެސް ފިޔަވަޅު ނޭޅެނީ ރާއްޖޭގެ ސަރުކާރާއި އިންޑިޔާ ސަރުކާރާއި ދެމެދު އޮތް އަޑި ނޭގޭ ގުޅުންތަކުގެ ސަބަބުންކަމަށެވެ.
ކޮމެންޓު ފޮނުވާ