މިސްކިތުގައި ހަމަލާދިން އިންޑިޔާ މީހާ ޑީޕޯޓްނުކޮށް ޤާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފި

މިސްކިތުގައި ހަމަލާދިން އިންޑިޔާ މީހާ ޑީޕޯޓްނުކޮށް ޤާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
16 ޖެނުއަރީ 2021 10:53
0

ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިޔާ މީހާ ޑީޕޯޓްކޮށް ނުލައި ރާއްޖޭގެ ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ.

ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ މީހަކު ވަނީ  ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މީހާ ހަމަލާދިނީ، އުމުރުން ދުވަސްވީ މީހާގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އޭނާ މިސްކިތުން ނެރެން އުޅުމަށް ފަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވިއެވެ.

މިހާދިސާއާއި ގުޅިގެން ގަިނަ ބަޔަކު އެމީހާއާއިމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ކުރީގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެފައިވަނީ އޭނާ ޑީޕޯޓް ކޮށް ނުލައި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ކުށްކުރި އިންޑިޔާ މީހާ އަށް މި ޤައުުގެ ޤާނޫނުގައިވާ އަދަބު ދިނުމަށްފަހު ނޫނީ ޑީޕޯޓް ނުކުރުމަށް ދިނުކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލަން.

– އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އިބްރާހިމް ދީދީ މިފަދައިން ގޮވާލާފައިވަނީ މިދިޔަ އަހަރު އިންޑިޔާ މީހަކު މާލޭގެ މަގުމަތީގައި ރާބޮއިގެން ﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާކޮށް ބަދުބަސްތަކެއް ބުނެ ވާހަކަ ދެއްކި މީހާގެ މައްސަލަ ނުބަލައި އޭނާ ޑީޕޯޓް ކޮށްލާފައިވަނިކޮށެވެ. އަދި ދާދިފަހުން ރިސޯޓެއްގައި ހިނގި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައިވެސް ޝާމިލުވާ އިންޑިޔާ މީހަކު ވަނީ މައްސަލަ ބަލަން ފެށުމުގެ ކުރިން ފުރައިގެން ގޮސްފައެވެ.

ރާއްޖޭގައި އުޅޭ އިންޑިޔާ މީހުންގެ ފަރާތުން ފަހަކަށް އައިސް ކުށްކުރުން އާންމުވެ، އެމީހުންނަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ނޭޅޭ މައްސަލާގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންޑީޔާ މީހުން ޤާނޫނީ އިމުން ބޭރުން ކުރާ ކަންކަމުގައިވެސް ފިޔަވަޅު ނޭޅެނީ ރާއްޖޭގެ ސަރުކާރާއި އިންޑިޔާ ސަރުކާރާއި ދެމެދު އޮތް އަޑި ނޭގޭ ގުޅުންތަކުގެ ސަބަބުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.