ރިތިކް ރޯޝަންގެ އުފަންދުވަހު ރިތިކް ވަނީ ފިލްމް "ބޭންގް ބޭންގް" އަދި "ވޯރ" އަށް ފަހު ތިންވަނަ ފަހަރަށް ޑައިރެކްޓާ ސިދާތު އާނަންދާއެކީ މަސައްކަތް ކޮށް ފިލްމު "ފައިޓާ" އިން ފެނިގެންދާނެކަމަށް ބުނެފައެވެ.
މި ފިލްމުގައި ރިތިކާއެކު ދިޕިކާ ޕަޑުކޯން ފުރަތަމަ ފަހަރަށް ފެނިގެންދާނެއެވެ. މި ފިލްމުގައި ދިޕިކާއާއި ރިތިކް އެކުގައި ފެނިގެންދާނެކަމަށް ބެލެވޭ ވަރަށް ގިނަ ހިންޓުތަކެއްވެސް ކުރިން ވަނީ ދީފައެވެ.
ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ފިލްމަކީ "ވޯރ" އަށް ވުރެ ކުރިން ފަށަން އޮތް ފިލްމެއްކަމަށާއި މީގައި ރިތިކް ކުޅޭނީ އެއާ ފޯސް ޕައިލޮޓްއެއްގެ ރޯލުކަމަށެވެ. އަދި މި ފިލްމުގައި ތަޅާފޮޅުމާއި އިމޯޝަންތަކާއި، ރޮމޭންސްވެސް ފެނިގެންދާނެކަމަށެވެ. ނަމަވެސް މިފިލްމުގައި ދިޕިކާ އަދާކުރާ ރޯލާއި ބެހޭގޮތުން އަދި ވާހަކައެއް ދެކެވިފައި ނުވެއެވެ.

މި ފިލްމަށް ކަނޑައަޅާފައިވާ ބަޖެޓަކީ 250 ކަރޯރް ރުޕީސްކަމަށްވާއިރު، މިއަކީ ބޮލީވުޑްގައި އެންމެ އަގުބޮޑުކޮށް ހަދާ އެކްޝަން ފިލްމަށް ވެގެންދާނެއެވެ.
މިވަގުތު ސިދާތު މަސައްކަތްކުރަމުންދަނީ ފިލްމު "ޕަތަން" ގައި ޝާހްރުކް ޙާން، ދިޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމާއެކުގަ އެވެ. މި ފިލްމުގެ ޝޫޓިންތައް މިހާރު އެމެރޮކާގައި ކުރިއަށް ދާއިރު ދެން ފިލްމުގެ ޝޫޓިން އޮންނާނީ އަބޫ ދާބީ ގައެވެ.
މި ފިލްމުގެ މަސައްކަތް ނިމި ރިލީސްކުރެވޭނީ މިއަހަރުގެ ޖޫންމަހުގައި ދިވާލީގައެވެ. މި ފިލްމު ރިލީސްކުރުމަށް ފަހު ޑިސެމްބަރ މަހު "ފައިޓާ" ގެ ޝޫޓިންތައް ފަށާނެއެވެ.
ކޮމެންޓު ފޮނުވާ