އެމްޑީޕީގެ ރައީސް، ޕާޓީގެ މެދުހެންވޭރު ދާއިރާގެ މެމްބަރުންނާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ރައީސް، ޕާޓީގެ މެދުހެންވޭރު ދާއިރާގެ މެމްބަރުންނާ ބައްދަލުކުރައްވައިފި

Author
އަހުމަދު
14 ޖުލައި 2026 08:11
0

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަބުދުالله ޝާހިދު، ޕާޓީގެ މެދުހެންވޭރު ދާއިރާގެ ބައެއް މެމްބަރުންނާ ރޭ ބައްދަލުކުރައްވައި، ޕާޓީގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، މެދުހެންވޭރު ދާއިރާގެ މެމްބަރުން ވަނީ އެބޭފުޅުންގެ ޚިޔާލުތަކާއި، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް އެމްޑީޕީގެ ރައީސާ ޙިއްސާ ކުރައްވާފައެވެ. ޚާއްޞަކޮށް ބޯހިޔާވަހިކަމާއި، ދިރިއުޅުމުގެ އަގުތައް އުފުލެމުންދާ ދިއުމާއި، މާލޭގެ ތޮއްޖެހުމުގެ މައްސަލަތަކާ ގުޅޭގޮތުން މެމްބަރުން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލުފާޅު ކުރައްވާފައެވެ.

މި ބައްދަލުވުމަށްފަހު އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކުގެ ޙައްލަކީ އެމްޑީޕީ ކަމަށެވެ. އެގޮތުން، މާލޭގެ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނީ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް އުފެދި، އެމްޑީޕީގެ ފަލްސަފާ މި ރާއްޖޭގައި ހިނގަން ފެށުމުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއީ ޕާޓީގެ އެކި ދާއިރާތަކުގެ މެމްބަރުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑުއެހުމަށް އެމްޑީޕީގެ ރައީސް ކުރިއަށް ގެންދަވާ މަސައްކަތްޕުޅުތަކުގެ ދަށުން ބޭއްވެވި ބައްދަލުވުމެކެވެ. ޕާޓީ އަލުން ވަރުގަދަކޮށް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ގޮތުން މިފަދަ ބައްދަލުވުންތައް ކުރިއަށް އޮތްތަނުގައިވެސް ދާއިރާތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަބުދުالله ޝާހިދު މިހާރު ގެންދަވަނީ ކުރިޔަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.