ދިއްދޫގެ އެންމެ ދުވަސްވީ މީހާއަށް 100 އަހަރު؛ ކައުންސިލާއި ޑަބްލިޔުޑީސީން މަރުޙަބާ ކިޔައިފި

ދިއްދޫގެ އެންމެ ދުވަސްވީ މީހާއަށް 100 އަހަރު؛ ކައުންސިލާއި ޑަބްލިޔުޑީސީން މަރުޙަބާ ކިޔައިފި

Author
އަހުމަދު
11 ޖުލައި 2026 04:25
0

ހއ. ދިއްދޫގައި މިވަގުތު ދިރިއުޅެމުންދާ އެންމެ ދުވަސްވީ ބޭފުޅާ ކަމުގައިވާ އެރަށު އިތާމާގޭ އާމިނަތު މޫސާގެ އުމުރުން 100 އަހަރު ފުރި، އެކަން ރަސްމީކޮށް ފާހަގަކޮށްފިއެވެ.

މި ޚާއްޞަ މުނާސަބަތުގައި ދިއްދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކައުންސިލްގެ މެންބަރުން ވަނީ އާމިނަތު މޫސާގެ ގެއަށް ޒިޔާރަތްކުރައްވައި، ހަޔާތުގެ މި ބޮޑު ލަނޑުދަނޑި ފާހަގަކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މި ޒިޔާރަތުގައި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުކުރެއްވުމުގައި ދެ މުއައްސަސާގެ ފަރާތުން ވަނީ އާމިނަތު މޫސާގެ ހާލުއަޙްވާލު ބައްލަވައި، އޭނާއަށް ހެޔޮ ދުޢާ ދަންނަވައި، ޢުމުރު ދިގުކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ. އަދި ރަށުގެ ޢުމުރުން ދުވަސްވީ ބޭފުޅުންނަށް ޤަދަރާއި އިޙްތިރާމް ދިނުމުގެ ގޮތުން މިފަދަ ޒިޔާރަތްތައް ކުރިއަށްވެސް ކުރައްވާނެ ކަމުގައި ފާހަގަކުރެއްވިއެވެ.

ދިއްދޫގެ ރައްޔިތުންނާއި މުއައްސަސާތަކުން ދަނީ ޢުމުރުން ދުވަސްވީ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ބޭނުންވާ ލޯތްބާއި އަޅާލުން ފޯރުކޮށްދެމުންނެވެ. އާމިނަތު މޫސާ އަކީ މިއަދު މުޅި ދިއްދޫއަށްވެސް ހުރި ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.