ކޯޓު އަމުރެއްގެ ދަށުން ދުވާފަރު ޒުވާނަކު ފުލުހުން ހޯދަނީ

ކޯޓު އަމުރެއްގެ ދަށުން ދުވާފަރު ޒުވާނަކު ފުލުހުން ހޯދަނީ

Author
އަހުމަދު
11 ޖުލައި 2026 04:24
0

ކްރިމިނަލް ކޯޓަށް ހާޒިރުނުވެގެން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ގެންދިއުމަށް 20 އަހަރުގެ ޒުވާނަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި އަމުރާ ގުޅިގެން ހޯދަމުންދަނީ ރ. ދުވާފަރު، ފިނިރޯޅި، މުޙައްމަދު އަޔާޒެވެ. ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން އާދައިގެ ގޮތުން އޭނާ ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ، މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

އަޔާޒާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.