އަނެއްކާވެސް އެމްޑީޕީގެ 5 ކެނޑިޑޭޓުން ނަން ނަގައިފި

އަނެއްކާވެސް އެމްޑީޕީގެ 5 ކެނޑިޑޭޓުން ނަން ނަގައިފި

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 05:25
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 5 ކެންޑިޑޭޓަކާއިއެކު އިތުރު 2 ކެންޑިޑޭޓަކު ނަން އަނބުރާ ނަގައިފިއެވެ.

ނަން ނަގާފައިވަނީ އެމްޑީޕީގެ ފަސް ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެކެެވެ. އެމްޑީޕީން ނަން ނަގާފައިވަނީ ވ. ރަކީދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެންޑިޑޭޓަކާއި ބ. ދޮންފަނު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓަކާއި ރ. ހުޅުދުއްފާރު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެންޑިޑޭޓަކާއި ހދ. ނޭކުރެންދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓަކާއި އދ. ދިގުރަށު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެންޑިޑޭޓެކެވެ.

ޕީޕީއެމުން ނަން ނެގީ ނ. ކެނދިކުޅުދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލި ކެންޑިޑޭޓެކެވެ. ޖުމްހޫރީ ޕާޓީން ނަން ނެގީ ލ. ގަމު ކައުންސިލްގެ މެންބަރު ކުރިމަތިލި ކެންޑިޑޭޓެކެވެ.

މިއާއިއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދުވަނީ 37 އަށް އަރާފައެވެ. އަދި ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން ނެގި އެމްޑީޕީ ކެންޑިޑޭޓުންގެ އަދަދުވަނީ 29 އަށް އަރާފައެވެ. އެމްޑީޕީން ނަން ނެގި ކެންޑިޑޭޓުންގެ ޖުމްލަ އަދަދު މިއާއިއެކު ވަނީ 66 އަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.