ވޯލްޑް ކަޕް 2026: އޮސްޓްރޭލިއާ މެޗުގައި ސަލާހު ފެނިދާނެކަމުގެ އުންމީދު އާވެއްޖެ

ވޯލްޑް ކަޕް 2026: އޮސްޓްރޭލިއާ މެޗުގައި ސަލާހު ފެނިދާނެކަމުގެ އުންމީދު އާވެއްޖެ

Author
އަހުމަދު
03 ޖުލައި 2026 09:11
0

ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އޮސްޓްރޭލިއާއާ ދެކޮޅަށް މިސްރު ކުޅޭ މެޗުގައި، އަނިޔާގައި ހުރި އެ ގައުމުގެ ތަރި މުހައްމަދު ސަލާހު ކުޅޭނެކަމުގެ އުންމީދު ބޮޑުވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގައި އީރާނާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގެ 57 ވަނަ މިނެޓުގައި ހޭމްސްޓްރިންގަށް ލިބުނު އަނިޔާއަކާ ގުޅިގެން ސަލާހު ހުރީ ކުޅުމާ ދުރުގައެވެ. ނަމަވެސް މިސްރުގެ ގައުމީ ޓީމުގެ ކޯޗު ހުސާމް ހަސަން ބުނެފައިވަނީ، ސަލާހު މިހާރު ޓީމާއެކު ބައެއް ތަމްރީނުތަކުގައި ބައިވެރިވެފައިވާ ކަމަށެވެ. އެހެންނަމަވެސް ގަދަ 32 ގެ މި މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ހިމެނޭނެކަމުގެ ފުރިހަމަ ޔަގީންކަމެއް އަދި ނެތްކަމަށް ކޯޗު ވަނީ ބުނެފައެވެ.

މިއީ މިސްރުން ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރުވަނަ ފަހަރު ކަމަށްވާއިރު، މިއީ އެ ޓީމު މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި މެޗުގައި ސަލާހު ލަނޑެއް ކާމިޔާބުކޮށްފިނަމަ، އޭނާ ވެގެންދާނީ މިސްރަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ކޯޗު ހުސާމް ހަސަންއާ އެއްވަރުކުރާނެ ކުޅުންތެރިޔާއަށެވެ. މިހާރު ސަލާހުގެ ލަނޑުގެ އަދަދަކީ 68 އެވެ. ހަސަންގެ ރެކޯޑަކީ 69 ލަނޑެވެ.

މިސްރާ ދެކޮޅަށް ނުކުންނަ އޮސްޓްރޭލިއާ ވަނީ މީގެ ކުރިން ދެ ފަހަރަކު ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. ނަމަވެސް އެ ދެ ފަހަރުވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ އަތުން ބަލިވި މެޗު ހިމެނެއެވެ. މި ފަހަރުގެ މުބާރާތުގެ މި ބުރަށް އޮސްޓްރޭލިއާ ދަތުރުކުރީ ނެސްޓޯރީ އިރަންކުންޑާ އާއި ކޮނާ މެޓްކާފްގެ ލަނޑުތަކާއެކު ތުރުކީ އަތުން 2-0 އިން މޮޅުވެ، އަދި ޕެރަގުއޭއާ 0-0 އިން އެއްވަރުކޮށްގެންނެވެ. އެހެންނަމަވެސް ގްރޫޕް ސްޓޭޖުގައި އެމެރިކާ އަތުން އެ ޓީމު ވަނީ 2-0 އިން ބަލިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.