ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 12:20 ހާއިރު ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ