މާލެ ސަރަހައްދުގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން ދީ، އެއްބައިވަންތަކަން ދެމެހެއްޓުމަށް ސީޕީ ގޮވާލައްވައިފި

މާލެ ސަރަހައްދުގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން ދީ، އެއްބައިވަންތަކަން ދެމެހެއްޓުމަށް ސީޕީ ގޮވާލައްވައިފި

Author
އަހުމަދު
26 ޖޫން 2026 02:14
0

މާލެ އޭރިއާގައި މަސައްކަތްކުރާ 84 ފުލުހެއްގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ޝަރަފުގެ ނިޝާން އަރުވައިފިއެވެ. މި ނިޝާންތައް ފުލުހުންނާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ ވަނީ، ފުލުހުންގެ މުއައްސަސާގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ހަމައެގޮތުގައި ދެމެހެއްޓުމަށް ކޮންމެ ފުލުހަކުވެސް ފަރުދީގޮތުން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރައްވާ ފަރާތްތަކުގެ ކެތްތެރިކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ފުލުހުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަމުގެ އަގުވަޒަންކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ސީޕީ ދެއްވިއެވެ. އަދި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އައު ކާމިޔާބީތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުގެ ނިޝާން ހާސިލުކުރި 84 ފުލުހުންގެ ތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހެއްގެ އިތުރުން ސީނިއަރ ސާޖަންޓުން ފެށިގެން ކޮންސްޓަބަލް ރޭންކާ ދެމެދުގެ 34 ފުލުހުންނެވެ. މިއީ މާލެ ސަރަހައްދުގައި ފުލުހުން ދެމުންގެންދާ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި، ފުލުހުންގެ މެދުގައި ރޫހު އާލާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު ރަސްމިއްޔާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.