އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގައި މަސައްކަތްކުރަން ޝައުގުވެރިވާ މެމްބަރުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި، ކޮމިޓީތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަކުރެވިފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް މިހާރު ފޯމު ހުށަހެޅޭނެއެވެ. އެމްޑީޕީގައި ޖުމްލަ 21 ދާއިމީ ކޮމިޓީއެއް އެކުލެވިގެންވާއިރު، މީގެ ތެރޭގައި ޕާޓީގެ އެތެރޭގެ ހިންގުމާގުޅޭ ކަންކަން ބަލަހައްޓާ ކޮމިޓީތަކާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީތައްވެސް ހިމެނެއެވެ.
ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުމަށް ބޭނުންވާ މެމްބަރުންނަށް މި ކޮމިޓީތަކަށް ކުރިމަތިލުމަށް ދީފައިވާ ސުންގަޑިއަކީ މި ހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓު ފޮނުވާ