ޗިޕްސް ދަޅާއި ޗޮކްލެޓް ޕެކެޓުގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެފި

ޗިޕްސް ދަޅާއި ޗޮކްލެޓް ޕެކެޓުގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެފި

Author
އަހުމަދު
17 ޖޫން 2026 10:31
0

ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ހިލާފު ތަކެތި ހުރެދާނެކަމަށް ޝައްކުކުރެވިގެން، މާލޭ ކޮމާޝަލް ހާބަރުގައި މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ޝިޕްމަންޓުން ޖުމްލަ 1،108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ވަނީ ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިހާރު ކަސްޓަމްސްއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާއެކު، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެއަށް ވޭޕު އެތެރެކުރުމާއި، ވިއްކުމުގެ އިތުރުން ބޭނުންކުރުން ވަނީ ގާނޫނީ ގޮތުން މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.