މާފުށީ ޖަލުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ފުރަތަމަ ފަހަރަށް ބެގޭޖް ސްކޭނަރެއް ބަހައްޓައިފި

މާފުށީ ޖަލުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ފުރަތަމަ ފަހަރަށް ބެގޭޖް ސްކޭނަރެއް ބަހައްޓައިފި

Author
އަހުމަދު
15 ޖޫން 2026 09:33
0

މާފުށީ ޖަލަށް އެތެރެކުރާ ތަކެތި ފުރިހަމައަށް ބަލައި ފާސްކުރުމުގެ ގޮތުން، އެ ޖަލުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބެގޭޖް ސްކޭންކުރާ މެޝިނެއް ބޭނުންކުރަން ފަށައިފިއެވެ.

މިކަމަށްޓަކައި މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދިން ގޮތުގައި، މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ އިދާރާއަށް ހަދިޔާކުރި މެޝިނެކެވެ. މި މެޝިންގެ އެހީގައި، އަލަށް ޖަލަށް ގެންނަ ގައިދީންގެ ތަކެއްޗާއި، އާއިލާތަކުން ފޮނުވާ ސާމާނުގެ އިތުރުން އެކަހެރި ބައްދަލުވުންތަކަށް އަންނަ ފަރާތްތަކުން ގެންނަ ތަކެތި ވަރަށް ފުރިހަމައަށް ސްކޭން ކުރެވިގެންދާނެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، އެތެރެކުރެވޭ ހުރިހާ އެއްޗެއް ސަތޭކަ އިންސައްތަ ސްކޭންކުރެވޭކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އަހަރު ނިމުމުގެ ކުރިން ފުރިހަމަކުރެވުނު މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ރާއްޖޭގެ ޖަލުގެ ނިޒާމު ހިންގަމުން އައިއިރު، ސަލާމަތީ ގޮތުން މިފަދަ އެންމެ އަސާސީ އަދި މުހިންމު ވަސީލަތެއް ގާއިމުވެފައި ނެތުމަކީ ވަރަށް ބޮޑު އިހުމާލެއްކަމަށްވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ. މި އާ ބަދަލާއެކު، ޖަލަށް ވެއްދުން މަނާ ތަކެތި އެތެރެކުރުން ހުއްޓުވި، އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެހެން ޖަލުގެ ކަންކަން ތަރުތީބުވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.