މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޮޑު ކާމިޔާބީއަކާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
މިހާތަނަށް ގުނާފައިވާ ގިނަ ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން، ނަޝީދު އުޅުއްވަނީ ވަރަށް ބޮޑު ތަފާތަކުން ކުރީގައެވެ. މަދު ފޮއްޓަކުން މީކާއީލް ކުރި ހޯއްދަވާފައިވީ ނަމަވެސް، އާންމު ނަތީޖާއަށް ބަލާއިރު ނަޝީދަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިވަޑައިގެންފައެވެ. މި ނަތީޖާތަކާއެކު، ނަޝީދުގެ ކެމްޕޭން ޓީމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް މިހާރު ވަނީ އިންތިޚާބުގެ ކާމިޔާބީ އިޢުލާނުކުރައްވާފައެވެ.
ތަފްސީލު އަންނަނީ..
ކޮމެންޓު ފޮނުވާ