ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރުތަކުގެ ތެރެއިން ދެ ޓަވަރެއްގެ ކޮމާޝަލް ޔުނިޓްތަކެއް ކުއްޔަށް ހިފުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިފަހަރު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ހިޔާގެ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގައި ހުރި ކޮމާޝަލް ދެ ޔުނިޓެކެވެ. މީގެ ތެރެއިން 10 ވަނަ ޓަވަރުގައި ހުރި ޔުނިޓް ދޫކުރަން ހަމަޖެހިފައިވަނީ ފިހާރައެއް ނުވަތަ ކެފޭ، ކްލިނިކް އަދި ޖިމެއް ހިންގުމަށެވެ. އަދި 12 ވަނަ ޓަވަރުގެ ޔުނިޓްގައި ފިހާރަ، ކެފޭ، ކްލިނިކް އަދި ޖިމްގެ އިތުރުން ފާމަސީއެއްވެސް ހިންގިދާނެކަމަށް އެޗްޑީސީން ބުނެއެވެ.
މި ޔުނިޓްތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ. އެޗްޑީސީން ބުނީ މި ތަންތަން ކުއްޔަށް ދޭނެ ފަރާތެއް ކަނޑައަޅާނީ ހުށަހަޅާ ބިޑްތަކަށް ބެލުމަށްފަހު، އޭގެ ތެރެއިން އެންމެ ރަނގަޅު އަދި އެންމެ ފުރިހަމަ ބިޑެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ