ލ. ގަމުގައި ކަރަންޓު ޖެހި ހާލު ސީރިއަސްވި ކުއްޖާ އިތުރު ފަރުވާއަށް މާލެއަށް

ލ. ގަމުގައި ކަރަންޓު ޖެހި ހާލު ސީރިއަސްވި ކުއްޖާ އިތުރު ފަރުވާއަށް މާލެއަށް

Author
އަހުމަދު
27 މެއި 2026 01:20
0

ލ. ގަމުގައި އީދަށް ތައްޔާރުވުމުގެ ތެރޭގައި ކަރަންޓު ޖެހި، ހާލު ސީރިއަސްވި ކުޑަ ފިރިހެން ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ، މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް ކުއްޖާގެ ހާލު ސީރިއަސްވުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެއަށް ފޮނުވާލައިފައެވެ. މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުން ބުނެފައިވަނީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެނައުމާއެކު ލަސްކުރުމެއް ނެތި ވަގުތުން ފަރުވާ ފެށުމަށް އެ ހޮސްޕިޓަލުގެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.