އަނުޝްކާ އާއި ވިރާޓްގެ ނަމާ ގުޅުވައިގެން ދަރިފުޅަށް ނަންދީފި

އަނުޝްކާ އާއި ވިރާޓްގެ ނަމާ ގުޅުވައިގެން ދަރިފުޅަށް ނަންދީފި

Author
ޢަލީ އާދަމް
14 ޖެނުއަރީ 2021 02:13
0

އިންޑިއާގެ ޚަބަރުތަކުގައި މިދުވަސްކޮޅު އެންމެ ކުރީގައި އުޅެނީ ކްރިކެޓް ތަރި ވިރާޓް ކޯލީ އާއި ފިލްމީ ތަރި އަނުޝްކާ ޝަރްމާގެ އަންހެން ދަރިފުޅުގެ ވާހަކަތަކެވެ. އެ ދެމަފިރިންނަށް އަލަތު ދަރި ލިބުނުކަން ވިރާޓް ލިބުނުކަން އިއުލާނުކޮށްފައިވަނީ އިންސްޓަގްރާމް ޕޯސްޓަކުންނެވެ.

ހަމައެއާއެކު ވިރާޓް އާއި އަނުޝްކާގެ ނަން ގުޅުވައިގެން އެމީހުންގެ ދަރިފުޅަށް ކިޔާފައިވާ ނަމަކީ "އަންވީ" އެވެ. މިނަން ވިރާޓް އާއި އަނުޝްކާ ވިސްނާފައިވަނީ ވިހެއުމުގެ ދުވަސްކޮޅެއް ކުރިންނެވެ. މިނަމަކީ ވަރަށް ރީތި މާނައެއް އޮންނަ ނަމެކެވެ

"އަންވީ" ގެ މާނައަކީ ގުދުރަތަށް ލޯބިކުރާމީހާއެވެ. އަދި ހިންދޫންގެ ދީނުގެ ކަލާންގެ އަކަށް ނިސްބަތްކޮށްވެސް މިނަން ބޭނުންކުރެއެވެ. ވިރާޓް އާއި އަނުޝްކާއަކީ ގުދުރަތަށް އަދި ޖަނަވާރުންނަށް ލޯބިކުރާ ދެމީހުންނެވެ. އެހެންކަމުން އެމީހުންގެ އަންހެން ދަރިފުޅަށް އެނަންކީ އެވެ.

އަނުޝްކާ ވިހެއުމަށްފަހު އޭނާކައިރީ މަޑުކުރުމަށް އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ވަނީ ޕެޓާނިޓީ ލީވް ނަގާފައެވެ.

ވިރާޓް އާއި އަނުޝްކާގެ އާއިލާއަށް އައު މެހެމާނެއް އައުމުން އެދެމީހުންނަށް ވަނީ އެތައް ބައެއް ތަހުނިޔާ ކިޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.