ގެސްޓްހައުސްއެއްގައި ވަޒީފާ ދޭނެ ކަމަށް ބުނެ ބަޔަކު ގެންގުޅުނު ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މޮންސެރު އަލީ (38އ) ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވާ ގޮތުގައި، މޮންސެރު ވަނީ ގެސްޓްހައުސްއެއްގައި ވަޒީފާ ހޯދައިދޭނެ ކަމަށް ވައުދުވެ، 3 މަސް ދުވަހު ބަޔަކު އޭނާގެ ބާރުގެ ދަށުގައި ގެންގުޅެފައެވެ. ނަމަވެސް ގެންގުޅުނީ ކިތައް މީހުންކަމާއި، އެ މީހުން ނިސްބަތްވާ ގައުމެއް ބަންދު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، އޭނާ އަކީ ވޯކްޕާމިޓުގައި ހުއްދަ ދީފައިވާ މަސައްކަތް ނޫން، އެހެން ކަންތައްތަކެއް ކޮށްއުޅޭ ފަރާތެއް ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ފުުރުސަތު ވެސް ހުރިކަމަށް ކޯޓަށް ފެންނަ ކަމަށް އަމުރުގައިވެއެވެ.
ކޮމެންޓު ފޮނުވާ