ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

Author
އަހުމަދު
20 މެއި 2026 12:33
0

ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހަމަ އެހެންމެ، ހޮނިހިރު ދުވަހު ވެސް ކޯރުކެނޑިމަގާއި ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑު މަގުގެ ގެތަކުން ކަރަންޓު ކެނޑި، ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

މިދިޔަ ހިނދުކޮޅުތަކުގައި މާލެ އަދި ހުޅުމާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. އެގޮތުން، ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަރަންޓު ކެނޑި، ކަރަންޓު ނެތި ގިނަ ބަޔަކަށް ވަނީ އަށް ގަޑިއިރު ހޭދަކުރަން ޖެހިފައެވެ. ސްޓެލްކޯއިން ބުނިގޮތުގައި، ކޮނުމުގެ ތެރެއިން ކޭބަލަށް ގެއްލުންވެ ކަރަންޓު ކެނޑުނީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.