ސީއެމްޑީއޭގެ ސީއީއޯއަކަށް މަނިކު

ސީއެމްޑީއޭގެ ސީއީއޯއަކަށް މަނިކު

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް މުޙައްމަދު ހުސައިން މަނިކު ހަމަޖައްސައިފި އެވެ.

މި މަގާމަށް މަނިކު އައްޔަން ކުރައްވާފައި ވަނީ އިއްޔެއިން ފެށިގެންނެވެ. މަނިކަކީ މާލީ ދާއިރާގައި ދިގުމުއްދަތަކަށް ހިދުމަތް ތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެބޭފުޅާ އެންމެ ފަހުން ހުންނެވީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމުގަ އެވެ. މީގެ އިތުރުން އެބޭފުޅާ ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި އިސްކޮށް ހިދުމަތް ކުރައްވާފަ އެވެ.

މީގެ އިތުރުން ސީއެމްޑީއޭގެ ޗެއަރޕަރސަންގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ގަވަރުނަރު އާއިޝަތު ޒާހިރާ ވެސް ވަނީ މިދިޔަ އާދީއްތަދުވަހު އައްޔަން ކުރައްވާފައެވެ. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައިވާގޮތުން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ސީއެމްޑީއޭގެ ބޯޑުގައި މިވަގުތު ތިއްބެވި ބޭފުޅުން:

  1. އައިޝަތު ޒާހިރާ – ބޯޑުގެ ޗެއަރޕަރސަން
  2. މުޙައްމަދު ހުސައިން މަނިކު – ޗީފް އެގްޒެކްކެޓިވް އޮފިސަރ
  3. އައިޝަތު ނާދިޔާ – އެމްއެމްއޭ ތަމްސީލް ކުރައްވާ މެމްބަރު
  4. އަޙްމަދު ސިރާޖް – ފިނޭންސް މިނިސްޓްރީ ތަމްސީލްކުރައްވާ މެމްބަރު
  5. މަރިޔަމް ވިސާމް – ރެޖިސްޓްރަރ އޮފް ކޮންޕެނީޒް
  6. ފާތިމަތު ޝަފްނީޒް – ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވާ މެމްބަރު
  7. ރިފާޢަތު ޖަލީލް – ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވާ މެމްބަރު

އެ އޮތޯރިޓީގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވި ނާދިޔާ ހަސަން މަގާމުން އިސްތިއުފާދެއްވީ 2019 ވަނަ އަހަރު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *