ގދ. ވާދޫ ކައިރިން ރާޅާ އަޅަން އުޅުނު ސްޕެއިންގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ގދ. ވާދޫ ކައިރިން ރާޅާ އަޅަން އުޅުނު ސްޕެއިންގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Author
އަހުމަދު
18 މެއި 2026 01:51
0

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އަޅަން މޫދަށް ފޭބި ސްޕެއިންގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންނަށް މި ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ 2026 މެއި 18 ވަނަ ދުވަހުގެ މެންދުރު 12:57 ހާއިރުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ގެނބިގެން މަރުވީ އުމުރުން 53 އަހަރުގެ ސްޕެއިންގެ ފިރިހެނެކެވެ.

އެމީހާ ސަލާމަތްކޮށްގެން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅޭ އިތުރު ތަހުގީގުތައް ފުލުހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.