ރައްޔިތުން ހޮވި ސަރުކާރު ވައްޓައެއް ނުލެވޭނެ: ސަލީމް

ރައްޔިތުން ހޮވި ސަރުކާރު ވައްޓައެއް ނުލެވޭނެ: ސަލީމް

Author
އަހުމަދު
12 މެއި 2026 11:48
0

ރައްޔިތުން އިންތިޚާބުކޮށްފައިވާ މި ސަރުކާރު ވައްޓާނުލެވޭނެ ކަމަށާއި، ސަރުކާރުގެ ފަސް އަހަރުގެ ދައުރު ފުރިހަމަކުރާނެ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވަނީ، މިއީ ދެ އަހަރާއި ބައިގެ ސަރުކާރެއް ކަމަށް ސިފަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މީހަކު ކުރި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ. އެގޮތުން، މި ސަރުކާރަކީ ފުރިހަމަ ފަސް އަހަރަށް ރައްޔިތުން ގެނެސްފައިވާ ސަރުކާރެއްކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ސަރުކާރު ވައްޓާލުމުގެ އެއްވެސް ފުރުސަތެއް ދިވެހި ރައްޔިތުން ނުދޭނެ ކަމަށެވެ.

އަދި މި ސަރުކާރު އޭގެ ފަސް އަހަރުގެ ދައުރު ނިމެންދެން ޔަޤީންކަމާއެކު ދެމިއޮންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.