މެދުއިރުމަތީގައި ހަމަނުޖެހުންތައް ބޮޑުވެ، ތެޔޮ ފީފާއެއްގެ އަގު 115.01 ޑޮލަރަށް އުފުލިއްޖެ އެވެ.
އިއްޔެ ހެނދުނު 111.20 ޑޮލަރުގައި ހުރި ތެލުގެ އަގު، އެންމެ 24 ގަޑިއިރުގެ ތެރޭގައި 3.81 ޑޮލަރު ބޮޑުވެގެން ދިޔައިރު، ހޯމުޒް ކަނޑުއޮޅިން ތާށިވެފައިވާ އުޅަނދުތައް މިނިވަންކުރުމަށް އެމެރިކާ އިން ފެށި "ޕްރޮޖެކްޓް ފްރީޑަމް" ހަރަކާތާ ގުޅިގެން ދެ ގައުމު ދެމެދު ނުތަނަވަސްކަން ވަނީ ހޫނުވެފަ އެވެ. ސަރަހައްދުގައި ދިން ހަމަލާތަކުގެ ތެރޭގައި އެމެރިކާގެ އުޅަނދަކަށް އީރާނުން ހަމަލާދިން ކަމަށް ރިޕޯޓްތަކުން ބުނާ ކަމަށް ވެ އެވެ.
ހަމަ އެހިނދު، ކަނޑުއޮޅިއާ ކައިރިން ދަތުރުކުރި އިތުރު އުޅަނދުތަކަކަށާއި، ޔޫއޭއީ އަށްވެސް ހަމަލާތަކެއް ދިން ކަމަށް ރިޕޯޓްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ވޯލްޑް ބޭންކުން ނެރުނު ކޮމޮޑިޓީސް އައުޓްލުކް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ތެލާއި ގޭހުގެ ދާއިރާތަކަށް ލިބޭ ގެއްލުންތައް ކުޑަ ނުވެ ދިގުލައިގެން ހިނގައްޖެ ނަމަ، މި އަހަރު ތެލުގެ އަގު 24 ޕަސެންޓާ ހަމައަށް ވެސް ބޮޑުވެދާނެ ކަމަށް ލަފާ ކުރެ އެވެ.
ކޮމެންޓު ފޮނުވާ