މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު (ޑީއެމްޑީ) ގެ މަޤާމަށް އަޙްމަދު މުބީން އައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް މުބީން އައްޔަންކުރެއްވުމާ ގުޅިގެން އެމްޓީސީސީން ވަނީ އޭނާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މުބީންގެ ތަޖުރިބާއާއި ހަރުދަނާ ލީޑަރޝިޕްގެ ދަށުން ކުންފުނީގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް، ކާމިޔާބީތަކެއް ހޯދާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރެއެވެ.
އެމްޓީސީސީގެ ޑީއެމްޑީކަމާ މުބީން ހަވާލުވެވަޑައިގެންނެވިއިރު، އޭނާ ވަނީ މީގެ ކުރިންވެސް މުހިންމު މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ