އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޒާހިދު އިސްތިއުފާ ދެއްވިކަން އެ ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު ވިދާޅުވި ގޮތުގައި، ޒާހިދު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވާކަމަށް ސަލާހް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވުން ފިޔަވައި އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ