އެންޓި-ޑިފެކްޝަން ގާނޫނު ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ޕީއެންސީން މަރުޙަބާ ކިޔައިފި

އެންޓި-ޑިފެކްޝަން ގާނޫނު ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ޕީއެންސީން މަރުޙަބާ ކިޔައިފި

Author
އަހުމަދު
30 އޭޕްރިލް 2026 01:17
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރާ ގާނޫނުއަސާސީގެ 6 ވަނަ އިސްލާހު ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި ޙުކުމަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މަރުޙަބާ ކިޔައިފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެންޓި-ޑިފެކްޝަން ގާނޫނަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައިވެސް އަމަލުކުރާ ބައިނަލްއަގުވާމީ އުސޫލެއްކަން ކޯޓުގެ ނިންމުމުން ސާފުވާ ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން މަޖިލީހުގެ އިސްތިގުރާރު ހިފެހެއްޓި، ސިޔާސީ ޕާޓީތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޕީއެންސީން ސިފަކުރެއެވެ. މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ އެއްވެސް އަސާސީ ހައްގަކަށް އުނިކަން އަންނާނެ ކަމެއް ނޫންކަމާއި، އޭގެ ސަބަބުން އިންތިޚާބީ މެންޑޭޓަށް ބަދަލެއް ނާންނާނެކަން ކޯޓުގެ ޙުކުމުން ކަށަވަރުކޮށްދީފައިވާކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން 20 ވަނަ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި މި ތާރީޚީ ބަދަލަކީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާ ކޮރަޕްޝަނާއި ނޭދެވޭ އަމަލުތަކަށް ނިމުމެއް ގެނެސް، މަޖިލީހުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ މައިގަނޑު ބޭނުމަކީ ޕާޓީ ބަދަލުކުރުމުގެ ސަބަބުން އުފެދޭ ހަލަބޮލިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ޕީއެންސީން ބުނެއެވެ.

ޕީއެންސީން އިތުރަށް ބުނި ގޮތުގައި، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ވިސްނުންފުޅަކީ ސިޔާސީ ނިޒާމު އިސްލާހުކޮށް ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނައުމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ޕާޓީން މަސައްކަތްކުރާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިންކަމުގެ ޔަގީންކަން އެ ބަޔާނުގައި ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.