ވިއްސާރައިގައި ކަރަންޓު ކެނޑޭތީ ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

ވިއްސާރައިގައި ކަރަންޓު ކެނޑޭތީ ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

Author
އަހުމަދު
29 އޭޕްރިލް 2026 02:35
0

މާލެ ސަރަހައްދަށް މިރޭ ކުރަމުންދާ ގަދަ ވިއްސާރައިގައި ހޮނުއެޅުމުގެ ސަބަބުން ބައެއް ގޭގޭގެ ކަރަންޓު ކެނޑެމުންދާތީ، އެކަމަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި މޫސުން ގޯސްވެ ގުގުރައި ހޮނުއެޅުމުގެ ސަބަބުން ގިނަ ގޭގޭގެ އީ.އެލް.ސީ.ބީ ދަނީ ޓްރިޕްވަމުންނެވެ. އެހެންކަމުން ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި ގޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކުރުމަށްފަހު، އީ.އެލް.ސީ.ބީ ތިރިއަށް ވެއްޓިފައިވާނަމަ އަލުން މައްޗަށް ނަގައި ކަރަންޓު ދިނުމަށް އެ ކުންފުނިން ވަނީ އިރުޝާދުދީފައެވެ.

ނަމަވެސް އެގޮތަށް ހެދުމުންވެސް އީ.އެލް.ސީ.ބީ އަލުން ވެއްޓޭނަމަ، ނުވަތަ ކަރަންޓު ނުލިބޭނަމަ ލަސްނުކޮށް ސްޓެލްކޯގެ ހޮޓްލައިން ނަންބަރު 1545 އަށް ގުޅުއްވައި މައްސަލަ ރިޕޯޓުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިރޭ ރީނދޫ ސަމާލުވެސް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.