މޫސުން ގޯސްވެ، ހުޅުމާލޭގެ އިމާރާތަކަށް ހޮނުއަޅައި ގެއްލުންތަކެއް ވެއްޖެ

މޫސުން ގޯސްވެ، ހުޅުމާލޭގެ އިމާރާތަކަށް ހޮނުއަޅައި ގެއްލުންތަކެއް ވެއްޖެ

Author
އަހުމަދު
29 އޭޕްރިލް 2026 02:34
0

މިރޭ މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނުއަޅައި، އެ އިމާރާތަށް ގެއްލުންތަކެއް ވެއްޖެއެވެ.

ހުޅުމާލޭ ސަހަރާ ކައިރީގައި ހުރި މި އިމާރާތަށް ހޮނު އެޅުމުގެ ސަބަބުން އިމާރާތުގެ އެންމެ މަތީ ބަޔަށް ވަނީ ގެއްލުންވެފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި އިމާރާތުގެ ކޮންކްރީޓް ބައިތަކެއް ވަނީ އެ ސަރަހައްދަށް ބުރައިގެން ގޮސްފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ހުޅުމާލެއަށް ހޮނުއަޅާ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި އާންމުވަމުންނެވެ.

މިރޭ މާލެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބާރަށް ގުގުރައި ވިދަމުންދާއިރު، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުވެސް ކެނޑިފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިރޭ މޫސުން ގޯސްވެ ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 00:00 އިން ފެށިގެން ފަތިހު 05:00 އާ ހަމައަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.