ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Author
އަހުމަދު
27 އޭޕްރިލް 2026 06:24
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.

އީސީން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 2 ވާ ހޮނިހިރު ދުވަހުގެ މެންދުރު 3:00 އާ ހަމައަށް އިތުރުކޮށްފައެވެ. މި މަހުގެ 13 ވަނަ ދުވަހު ފުރަތަމަ އިއުލާނުކުރިއިރު ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހެވެ. މުއްދަތަށް މި ގެނައި ބަދަލާއެކު ކެންޑިޑޭޓުންނަށް އިތުރު ތިން ދުވަސް ލިބިގެންދާނެއެވެ. ނަމަވެސް މުއްދަތު އިތުރުކުރި ވަކި ސަބަބެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމުގައި ހުންނެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ކަށަވަރުވުމާ ގުޅިގެންނެވެ.

އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ވާދަކުރައްވާ މައިގަނޑު ކެންޑިޑޭޓުންނަށް މިހާރު ވަނީ ޕާޓީތަކުގެ ޓިކެޓު ޔަގީންވެފައެވެ. އެގޮތުން ޕީއެންސީގެ ޓިކެޓުގައި އަނެއްކާވެސް ސިނާން ވާދަކުރައްވާއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.