މަގު ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ހައިވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނު ހުރިހާ ސަރަޙައްދަކަށް މިހާރު ވަނީ އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
ސްޓެލްކޯއިން 'އެކްސް' ގައި ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ދެވަނަ ފިޔަވަހީގެ ގިނަ ޓަވަރުތަކަކުންނެވެ. އޭގެ ތެރޭގައި ހިޔާގެ 5، 6 އަދި 7 ވަނަ ޓަވަރާއި، ވިނަރެސްގެ 10 ޓަވަރުގެ އިތުރުން، އަމާން ދޯދީގެ 12، 13، 14، 15 އަދި 16 ވަނަ ޓަވަރު ހިމެނެއެވެ. މީގެ އިތުރުން އަމާން އުދަރެސްގެ 5 އަދި 6 ވަނަ ޓަވަރާއި އެމްޕީއެލް ޓަވަރުތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ ހަފްތާގައިވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުމުގެ މައްސަލައެއް ދިމާވެފައިވެއެވެ. އެފަހަރު ކަރަންޓު ނުލިބި އާންމު ރައްޔިތުން ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރަން ޖެހުނެވެ.
ކޮމެންޓު ފޮނުވާ