މިއަހަރުގެ އަޟްހާ އީދާ ދިމާކޮށް އައްޑޫ ސިޓީގައި އުޟްހިޔާ ކަތިލުމަށް ބޭނުންވާ ބަކަރި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
އެ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ކައުންސިލަށް އީމެއިލް ކުރުމަށް ވަނީ އަންގާފައެވެ.
މިކަމަށް އެދި ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ. ކައުންސިލުން މައުލޫމާތު ދޭގޮތުގައި، ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ކައުންސިލްގެ އިދާރާގައެވެ.
ކޮމެންޓު ފޮނުވާ