ލޯބިވެރިޔާއާ މައްސަލަޖެހި އައި ރުޅީގައި އަމިއްލަ ސައިކަލު މޫދަށް އެއްލާލައިފި

ލޯބިވެރިޔާއާ މައްސަލަޖެހި އައި ރުޅީގައި އަމިއްލަ ސައިކަލު މޫދަށް އެއްލާލައިފި

Author
ޙަސަން މުޙައްމަދު
24 އޭޕްރިލް 2026 10:26
0

ލޯބިވެރިޔާއާ ދެމެދު ހިނގި ދެބަސްވުމެއްގައި އައި ރުޅީގައި، މީހަކު އޭނާގެ އަމިއްލަ ސައިކަލު މާލޭގެ ފަޅުތެރެއަށް އެއްލާލައިފިއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4:05 ހާއިރު، މާލޭ އެއް ނަންބަރު ފާލަމާ ދިމާލުގައެވެ. މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަޅު ކުލައިގެ އެންމެކްސް ސައިކަލެއްގައި ދުއްވާފައި ދިޔަ އެ މީހާ ތޮށިގަނޑު ކައިރިއަށް ވެއްޓުމާއެކު، އިންތިހާއަށް ރުޅިގަދަވެގެން ސައިކަލުގެ މުއްގަނޑަށް ފެލާލުމަށްފަހު ސްޓާޓުގައި އޮއްވައި ވަނީ މޫދަށް ބޭރުކޮށްލާފައެވެ.

މި ހާދިސާއާ ގުޅިގެން ސައިކަލު މޫދުން ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު، މި އަމަލު ހިންގި މީހާ މާލޭ ގަޑިބުރު ކައިރިން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.