ނެޓްފްލިކްސް އިން އަންނަ މަހުގެ 26 ގައި ގެނެސްދިނުމަށް ތައްޔާރުވަމުންދާ ހިންދީ ފިލްމު " ދަ ގާލް އޮން ދަ ޓްރެއިން"ގެ ޓީސާ ޓްރެއިލާ ދައްކާލައިފިއެވެ.
2016 ވަނަ އަހަރުގެ ހަމަ މި ނަމުގައި ނެރުނު ހޮލީވުޑްގެ ފިލްމުގެ ހިންދީ ރިމޭކްގައި ލީޑު ރޯލުން ފެނިގެންދަނީ އަރަމުން އަންނަ ތަރި ޕަރިނިތީ ޗޯޕްރާއެވެ. ޕަރިނިތީގެ ތަފާތު އެކްޓިންގ އެއް މި ފިލްމުން ފެނިގެންދާނެކަން ނެޓްފްލިކްސް އިން ފުރަތަމަ އާންމުކުރި ޓީސާއިން ވެސް އެނގިގެންދެއެވެ.
ނެޓްފްލިކްސް އިންޑިއާއިން މި އަހަރަށް ވަނީ ތަފާތު ގިނަ އުފެއްދުންތަކެއް ގެނެސްދޭނެކަން އިއުލާންކޮށްފަ އެވެ. އެގޮތުން މި ފިލްމަކީ އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިންޑިއާ އިން ދައްކަން ތައްޔާރުވާ އެންމެ ވަރުގަދަ އެއް ފިލްމެވެ.
Join @ParineetiChopra on a train journey like never before.
Warning: Board at your own risk. @ParineetiChopra @aditiraohydari @IamKirtiKulhari @avinashtiw85 @tota_rc @ribhudasgupta @Shibasishsarkar @RelianceEnt @amblin @SHAMAUN @ZeeMusicCompany pic.twitter.com/HQs1OHo2eK— Netflix India (@NetflixIndia) January 13, 2021
ރިލަޔަންސް އެންޓަރޓެއިންމަންޓުން ޕްރޮޑިއުސްކޮށް ރިބޫ ދަސްގުޕްތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ފުރަތަމަ އަޅުވަން ހަމަޖެއްސީ މިދިޔަ އަހަރުގެ މޭ މަހުއެވެ. އިނގިރޭސިވިލާތުގައި މުޅި ފިލްމު ޝޫޓްކޮށްފައިވާ މި ފިލްމަކީވެސް ކޯވިޑް-19ގެ ސަބަބުން ބެލުންތެރިންނާ ހަމައަށް އައުން ލަސްވެފައިވާ ފިލްމެކެވެ.
މި އެކްޝަން ތްރިލާގައި ޕަރީގެ އިތުރުން ދެން ފެންނާނީ އަދިތީ ރާއޯ ހައިދަރީ އާއި، ކިރްތީ ކުލާރީގެ އިތުރުން ނެޓްފްލިކްސްގެ "ބުލްބުލް" އިން މަގްބޫލުކަން ހޯދި އަވީނާޝް ތިވާރީ އެވެ.
ފިލްމުގެ ޓީސާ އާންމުކުރުމާއެކު ޕަރިނިތީގެ ދެބެންގެދެދަރި ދައްތަ، ސުޕަސްޓަރ ޕްރިއަންކާ ޗޯޕްރާ ވަނީ ޕަރީއާމެދު ފަހުރުވެރި ވާކަމަށާއި އިތުރަށް ފިލްމު ބަލާލަން ކެތްމަދުވެފައި ވާކަމަށް ބުނެފައެވެ. މިއާއެކު ޕަރިނިތީ ވެސް ވަނީ ޕްރިޔަންކާގެ އެޕްރޫވަލް ޓީސާއަށް ލިބުމުން ދެން ހަމަޖެހިލައިގެ ނިދާލެވޭނެ ކަމަށް ބުނެފައެވެ.
Mimi didi ka approval now I can sleep peacefully ??? @priyankachopra https://t.co/fLdH5SGkZI
— Parineeti Chopra (@ParineetiChopra) January 13, 2021
2011 ވަނަ އަހަރު "ލޭޑީސް ވާސަސް ރިކީ ބެލް" އިން ބޮލީވުޑަށް ނުކުއިތް ޕަރިނިތީގެ އެންމެ ފަހުގެ ފިލްމަކަށް ފެނިފައިވަނީ 2019 ވަނަ އަހަރުގެ ފިލްމު "ޖަބަރިޔާ ޖޯޑީ" އެވެ.