ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަޤާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އެލްޖީއޭގެ ބޯޑުގެ ރައީސްކަމުގެ މަޤާމަށް މިނިސްޓަރު ޒަމީރު އައްޔަންކުރައްވާފައި މިވަނީ، ކުރިން އެ މަޤާމަށް ކަނޑައަޅުއްވާފައި ހުންނެވި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް، ރައީސްގެ އެންގެވުމަކަށް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި ބަދަލުތައް ގެނެސްފައިވާއިރު، މި ސަރުކާރުން ވަނީ ޤާނޫނަށް އިޞްލާޙު ގެނެސް އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައެވެ. ސަރުކާރުގެ އައު ސިޔާސަތުގެ ދަށުން، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ކޮންމެ އަތޮޅެއްގައިވެސް އެލްޖީއޭގެ އޮފީހެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އޮފީސްތަކަށް ސިޔާސީ މުވައްޒަފުން އައްޔަންކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ