އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރު އަޝްފާން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލު ކޮށްފި

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރު އަޝްފާން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލު ކޮށްފި

Author
އަހުމަދު
23 އޭޕްރިލް 2026 03:40
0

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ސަރުކާރުން ބަދަލުކުރައްވައިފިއެވެ.

އަޝްފާން އެންމެ ފުރަތަމަ އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ 4 އޭޕްރިލް 2024 ގައެވެ. އޭނާ އެހެން ވުޒާރާއަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އިމިގްރޭޝަނުން ވަނީ އޭނާ އެ މުއައްސަސާއަށް ކޮށްދެއްވި 19 އަހަރުގެ ދިގު ހިދުމަތުގެ އަގު ވަޒަންކޮށް، މުސްތަގުބަލުގައި އިތުރު ކާމިޔާބީއަށް އެދިފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ބޭބެ، އަޝްފާން އަކީވެސް ކުޅިވަރުގެ ދާއިރާއަށް ފަރިތަ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ބައެއް ކުލަބުތަކަށް ފުޓްބޯޅަ ކުޅެފައެވެ. އެހެންކަމުން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ އިސް މަގާމަކަށް އޭނާ ބަދަލުވެގެން ދިއުމަކީ ކުޅިވަރުގެ ދާއިރާއާ ގުޅޭގޮތުން ލިބިވަޑައިގަތް މުހިންމު ޒިންމާއެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.