ލިޓަން މަރާލި މައްސަލާގައި ނިޒާމް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ލިޓަން މަރާލި މައްސަލާގައި ނިޒާމް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

Author
އަހުމަދު
22 އޭޕްރިލް 2026 04:17
0

ބިދޭސީއެއް ކަމަށްވާ ލިޓަން މަރާލިކަން ސާބިތުވެ، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލިޓަން ގެއްލިފައިވަނީ 2022 ވަނަ އަހަރު ވިލިމާލެއިން ބޯޓެއްގައި ފުރިފަހުންނެވެ. މި މައްސަލާގައި ނިޒާމްގެ މައްޗަށް ދައުވާކޮށްފައިވަނީ، އެ ދަތުރުމަތީގައި ލިޓަން މޫދަށް ވައްޓާލައިގެން މަރާލި ކަމުގެ ތުހުމަތުގައެވެ.

މި ކުށުގެ އަދަބެއްގެ ގޮތުން ނިޒާމް 25 އަހަރަށް ޖަލަށްލުމަށް ކޯޓުން ނިންމާފައިވީ ނަމަވެސް، އޭނާ މިހާތަނަށް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭނީ 21 އަހަރާއި 10 މަސްދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން މަރުގެ މައްސަލައިގެ ތެރެއިން އޭނާގެ މައްޗަށް އުފުލި ވައްކަމާއި މަސްތުވާތަކެތީގެ ދައުވާވެސް ސާބިތުވެ، އެ ކުށްތަކަށްވެސް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.