މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލްފާޟިލް ޙުސެއިން ޝަފީޤް މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ދަފްތަރު ނަންބަރު ރސ 2861، ޙުސެއިން ޝަފީޤް ވަނީ އެ ކުންފުނީގެ އެންމެ އިސް މަގާމުގެ އިތުރުން އެމްޕީއެލްގެ ބޯޑު މެންބަރުކަމަށް ވެސް ހަމަޖައްސަވާފައެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު މި އައްޔަނުކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑީސީޕީ (ރިޓަޔަޑް) މުޙައްމަދު ރިޝްވާން މި ހިނގާ އެޕްރީލް މަހުގެ 6 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރިޝްވާން އެ މަގާމާ ހަވާލުވެވަޑައިގަތީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ