އޭއައި ރެގިއުލޭޓްކުރާ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅަނީ

އޭއައި ރެގިއުލޭޓްކުރާ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅަނީ

Author
ޙަސަން މުޙައްމަދު
20 އޭޕްރިލް 2026 11:37
0

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓްކުރުމަށްޓަކައި ހާއްސަ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒޭޝަނާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު، އޭއައި އަކީ ބަލައިގަންނަންޖެހޭ މުހިންމު ޓެކްނޮލޮޖީއެއް ކަމަށެވެ. އެހެންނަމަވެސް، އެކަން ކުރަންވާނީ ގާނޫނީ ހަރުދަނާ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އޭއައި ބޭނުންކުރަންވާނީ ރެގިއުލޭޓް ކުރެވިގެން ކަމަށެވެ. އަދި އެކަމާ ގުޅޭ ހާއްސަ ބިލެއް ލަސްތަކެއް ނުވެ މަޖިލީހަށް ފޮނުއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އޭއައި ރެގިއުލޭޓްކުރަން ސަރުކާރުން ތައްޔާރުވަމުން އަންނައިރު، މި ޓެކްނޮލޮޖީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މީހުންގެ އަބުރަށް ނުބައި އަސަރުކުރާ ފަދަ ފޭކް ފޮޓޯއާއި ވީޑިއޯ އުފެއްދުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އެހެންކަމުން، އަލަށް އެކުލަވާލާ ގާނޫނުގެ ސަބަބުން މިފަދަ ކުށްތައް މަދުކުރެވި، އޭއައިގެ ބޭނުން ރައްކާތެރި ގޮތެއްގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.