މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އއ. ތޮއްޑޫ ދާއިރާއިން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ ރޭ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އއ. ރަސްދޫގައި ބޭއްވި މި ހާއްސަ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ތޮއްޑޫ، ރަސްދޫ އަދި އުކުޅަހުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި އުފާފާޅުކުރުމުގައި ބައިވެރިވެފައިވާއިރު، ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރަސްދޫގައި ވަނީ ހަވާވެސް އަރުވާފައެވެ.
މި އިންތިހާބުގައި ޕީއެންސީން ވަނީ އެ ދާއިރާގައި ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ރަސްދޫ އަދި އުކުޅަހުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިވެސް އެ ޕާޓީން ކާމިޔާބުކޮށްފައިވާއިރު، ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
ކޮމެންޓު ފޮނުވާ