ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ބައުޒަރަކަށް އީރާނުން ބަޑީގެ ހަމަލާތަކެއް ދީފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އަށް ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން ހުރި ދެ ބޯޓަކުން ބައުޒަރަކަށް ހަމަލާދިން ކަމުގެ ރިޕޯޓް ލިބިފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ޔޫކޭއެމްޓީއޯއިން ނެރުނު އެޑްވައިޒަރީ ނޯޓެއްގައި އެ ބައުޒަރުގެ ކެޕްޓަނާ ހަވާލާދީ ބުނެފައިވަނީ، އީރާނުގެ އެ ދެ ބޯޓުން ބައުޒަރަށް ބަޑިޖަހާފައިވަނީ ކުރިން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމަށެވެ.
ކޮމެންޓު ފޮނުވާ