މާލޭގެ އޯކިޑް މަގުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އޯކިޑް މަގުގައި ހުންނަ މ. މައިމަގުމަތީގޭގައެވެ. އެގޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން މިހާރު ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ލިބުނު ގެއްލުންތަކުގެ އިތުރު ތަފްސީލުތައް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާގެ ކަންކަން އިތުރަށް ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ