ޅ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ "ދިއްދޫ" އިން ފަސް ފޫޓުގެ ކިނބުލެއް ފެނިގެން އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިއަދު ހެނދުނު 07:00 ހާއިރު ޑިންގީއެއްގައި އެ ރަށަށް ދިޔަ ބަޔަކަށް މި ކިނބޫ ފެނުމާއެކު، އެމީހުން ވަނީ ކިނބޫ ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފައެވެ. މި ހާދިސާގެ މައުލޫމާތު ނައިފަރު ޕޮލިސް ސްޓޭޝަނުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:51 ހާއިރުއެވެ.
ފުލުހުންގެ ފަރާތުން މި މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުގެ ސިފައިން ވަނީ ނައިފަރަށް ގޮސް އެ ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މިހާރު އެ ކިނބޫ ވަނީ ރައްކާތެރިކަމާއެކު ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ