ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، އެކަމަނާގެ މަގާމުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.
އެކަމަނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަމަނާ މަގާމުން ދުރަށްޖެހިވަޑައިގެންފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުގެ އިސް މަގާމަކުން ބޭފުޅަކު ވަކިވެވަޑައިގެންނެވި އިތުރު ފަހަރެކެވެ.
ޑރ. މާރިޔާ ވަނީ މީގެ ކުރިން، ރާއްޖޭގެ ދަނޑުވެރިންނަށް ގެއްލުންދޭ ކާޅާއި ވާ ފަދަ ތަކެތި މަރައި ނައްތައިލުމުގެ ބަދަލުގައި، އެ ތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އެކަމަނާގެ އެ ވާހަކަފުޅާ ގުޅިގެން އާންމުންނާއި ގިނަ ދަނޑުވެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ސޯޝަލް މީޑިއާގައި ވަނީ އަމާޒުވެފައެވެ. މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ